ރާއްޖޭގެ ތާރީޚްގެ ތެރެއިން



ޖަވާހިރުގެ ހާރެއްފަދައިން އިންޑިޔާގެ ކަނޑުތެރޭގައިވާ މިކުޑަ ޖަޒީރާ ރަށްތަކުގެ އަހުލުވެރީން މިއަދު ފާހަގަކުރަމުން މިދަނީ ޖުމްހޫރީވެރިކަމެއްގެ އުފާވެރިކަން. މިނިވަންކަމާ އެއްބައެއްވަންތަކަމާ އެއްބައިވަންތަކަމުގެ ހަރުދަނާކަން. ދިވެހިރައްޔިތުން އެކަކު އަނެކަކަށް އަދަބުވެރިކަމާއެކު އިހްތިރާމްކުރާ ފަދައިން. ދިވެހިންނަށް ބޭރުގެ ފަރާތްތަކުން ލިބޭ ގަދަރާއި އިއްޒަތާއި އިހްތިރާމަކީވެސް ދިވެހިންގެ އަމިއްލަ ވަންތަކަމާ ހަރުދަނާކަން ސިފަކޮށްދޭކަމެއް. ދިވެހިންނަކީ ބަޔަކު ކިޔާހާ އެއްޗަކަށް ނުހެއްލި މާތްވެގެންވާ އިސްލާމްދީންގެ ހިދާޔަތުގެ އަލީގައި އަމިއްލަ ހުރިހާކަމެއް ކުރިއަރުވާ ތަރައްގީކުރުމަށް މަސައްކަތްކުރަމުންދާބައެއް. ދުނިޔޭގައި ހިނގަމުންދާ ތަފާތު އޮޔެވަރުގައި ނުޖެހި ސާބިތުވެ އެއްގޮތެއްގައި ކުރިޔަށް ފިޔަވަޅު އެޅުމަށް މަސައްކަތްކުރަމުންދާ ބައެއް. މިގޮތުން ބަލާއިރު ސިޔާސީގޮތުންނާއި އިގްތިސާދީ ގޮތުންނާއި އިޖްތިމާއި ގޮތުންނާއި ތައުލީމީގޮތުންނާއި އަދި ސިއްހީގޮތުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އެޅުމުގައި ސަރުކާރާ ރައްޔިތުން ގުޅިގެން ކުރަމުންދާ މަސައްކަތުގެ އެންމެ ބޮޑު އެއްސިއްރަކީ ވެސް ގައުމުގައި އޮތް އެއްބައެއްވަންތަކަން. ކަންމިހެން ހުރުމާއެކު ޖުމްހޫރީ ދުވަސްފަދަ ދުވަސްތައް ފާހަގަކުރުމުގެ އެންމެބޮޑު އެއް ބޭނުމަކަށްވާނީ ކޮންކަމެއްތޯ؟
މަރުހޫމް ޝިހާބު ވިދާޅުވެފައިވާ ފަދައިން މިފަދަ ދުވަސްތައް ފާހަގަކުރުމުގެ ހަގީގީ މަގްސަދު މިއަދު އަޅުގަނޑުމެން މިދަނީ ހާސިލްކުރަމުންނެވެ. އަހަރުތެރޭގައި އަންނަ ގައުމުވަންތަކަން ދައްކުވައިދޭ ޚާއްސަދުވަސްތަކުގެ ސަބަބުން ރައްޔިތުންގެ އަޒުމް އިތުރަށް ވަރުގަދަވެގެން ދެއެވެ. ގައުމީ ރޫހު އިތުރަށް އާލާވެގެންދެއެވެ. ކުރިމަގުގެ އުޖާލާކަން ސިފަވެގެންދެއެވެ. ހަގީގަތަށް ދަންނަވާނަމަ މިއަދު ފާހަގަކުރެވޭ އެއްކަމަކީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމް ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ގައުމީ ފެންވަރުގައި ފާހަގަކުރެވޭ ދުވަސްތަކަށް އިސްކަންދެއްވާ މިންވަރު. މާލެއާއި ރާއްޖެތެރޭގައި ގައުމީ ފެންވަރުގެ ޚާއްސަ ދުވަސްތައް ފާހަގަކުރަންފެށުމުގެ އެންމެބޮޑު އެއް ސިއްރަކީވެސް މިއަދު އަމިއްލަވަންތަކަމާ ގައުމުވަންތަކަން ދިރުވަން ސަރުކާރުން ކުރައްވާ މަސައްކަތް. މިގޮތުން ގައުމީ ދުވަހެއް ފުރަތަމަ ފަހަރަށް ހއ. އުތީމުގައި ފާހަގަކުރެއްވުން ވެގެންދިޔައީ ދިވެހިންގެ ހިތްތައް ފުރިގެންދިޔަ ހާއްސަކަމަކަށް.
ދިވެހިރައްޔިތުން ދިވެހިންނަށް ވީތީ ފަޚްރުވެރިވެ ގަދަރުކުރާހިނދު މިކަން ދެމެހެއްޓުމަށްވެސް މަސައްކަތްކުރަންޖެހޭ. ގައުމުގެ މިނިވަންކަމާ އިސްތިގްލާލް ގައުމުގެ އިއްޒަތާ ކަރާމާތް ހިފެހެއްޓުމަށް އަޒުމް ކަނޑައަޅަންޖެހޭ. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވީހިނދު މިނިވަންކަން ހިމާޔަތްކުރުމަށް އިސްލާމްދީން ގޮވާލާފައިވާކަން އަބަދުވެސް ހަނދާންކުރަންޖެހޭ.
ލިޔުންތެރިންނާއި ކުޅަދާނަ ވާހަކަލިޔުންތެރިން ސިފަކުރާގޮތުގަ ގައުމެއްގެ ފުރާނައަކީ އެގައުމެއްގެ އަފްރާދުން. އެހެންކަމުން އެގައުމެއްގެ ދިރުން ވަނީ އެގައުމެއްގެ އަފުރާދުންގެ އަތްމަތީގައި. ކުރިއެރުމާއި ހަމަޖެހުމާއި ސުލްހަމަސަލަކަންވެސް ވަނީ އެމީހުންގެ އަތްމަތީގައި. ކަންމިހެންހުރުމާއެކު ދިވެހިންނަކީ އަބަދުވެސް ހޭލާތިބޭ ބައެއްކަމުގައި ދަންނަވަންޖެހޭ. ކުރިމަގަށްވިސްނާ މިއަމާން އޮމާން މާހައުލު ހަމަ އެގޮތުގަ އަންނަނިވި ޖީލުތަކަށް ވާސިލް ކުރުމަކީ ކުރަންޖެހޭނެ ކަމެއްކަން އެންމެންވެސް ގަބޫލުކުރޭ.
ިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ކުޑަ ގައުމެއް، މީސްކޮޅު މަދު ގައުމެއް. އެހެންނަމަވެސް ފަހުރުވެރިވުން ހައްގު އެތައް ސިފަތަކެއް ލިބިފައިވާ ގައުމެއް. އިގްތިސާދީގޮތުންނާއި އިޖްތިމާއި ގޮތުން އަދި ސިއްހީގޮތުންނާއި ތައުލީމީ ގޮތުން ބަލާއިރުވެސް ދިވެހިންނަށް ހާއްސަ އެތައް ސިފަތަކެއް ލިބިގެންވާކަން ފާހަގަކުރެވޭ.
ދިވެހިންނަކީ ޒަމާނުއްސުރެ ބުރަމަސައްކަތްކުރުމުގައި ސާބިތުވެ ތިބި ބައެއް. އަދި އަމިއްލަ މަސައްކަތުގެ ފައިދާއިން ދިރިއުޅެމުންދާ ބައެއް. ރާއްޖޭގެ މައިގަނޑު އިގްތިސާދީ މަސައްކަތްތައް ކަމުގައިވާ މަސްވެރިކަމާއި ޓޫރިޒަމާއި ވިޔަފާރީގެ ރޮނގުން ބެލިނަމަވެސް މިދެންނެވި ބަހުގެ ހެކިތައް ފެންނަން އެބަހުރި. ދިރިއުޅުން ތަނަވަސްކުރުމާ ދިރިއުޅުމުގެ ހާލަތު ރަނގަޅު ހާލަތަކަށް ބަދަލުކުރުމަށް މަސައްކަތްކުރާއިރު ހަމައެހެންމެ ދިވެހިންނަކީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކަށް ބޯލަނބާ ހެޔޮލަފާ ބައެއްކަން ފަހުރުވެރިކަމާއެކު ފާހަގަކުރަންޖެހޭ
މިއަހަރުގެ 1997 މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލް ޖުމްހޫރިއްޔާ ދިވެހިގައުމާ މުހާތަބުކުރައްވަމުން ވިދާޅުވެފައިވޭ "ރީތިހަމަތަކެއް ގާއިމްވެފައިވާ މުޖްތަމައުއެއް ފެށުމަކީ ރަނގަޅު ތަރުބިއްޔަތު ކަމާމެދު ޝައްކެތްނެތް" އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި މިކަމުގެ އެންމެ މުހިއްމު ދައުރެއް ކުޅޭ ފަރާތަކީ އާއިލާ. އާއިލާއެއްގެ ހަމަޖެހުމާއި ހަރުދަނާކަމަކީ މުޖްތަމައުގެ ހަމަޖެހުމާއި ހަރުދަނާކަމުގެ އެންމެ ވަރުގަދަ ބިންގާކަމަށާއި އެހެންކަމުން އާއިލާއެއްގެ ތެރޭގައި އުފެދި އާލާވަމުންދާންވާނީ ލޯތްބާއި އެކަކު އަނެކަކާ އަޅާލުމާއި އެހީތެރިވުމުގެ މަތިވެރި ރޫހު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ތަރުބިއްޔަތު ވަމުންދާ ދަރިންގެ ކިބައިގައި މިސަފަތައް އަށަގަންނަވައި މިގޮތުން އާއިލާ ބަދަހިކުރުމާ ގައުމު ބިނާކުރުމުގައި ޒުވާނުންގެ ރޯލުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

No comments:

Post a Comment